May 04, 2007

މެލޭޝިއާގެ ވެރިރަށް ކުއަލަ ލަންޕޫރުގައި އިންޖީނުގޭ މެނޭޖަރު ކޯސް ހަދަން ބަގުޑި ބައްދައިގެން އުޅޭ އާސް (ގަރުދިޔަ) އަލަނާސިންނަށް ވަރަށް ހަރުކަށި ބަހުރުވަ އަކުން ޒުވާބެއް ދީފިއެވެ. ސަންވޭ ޔުނިވާސިޓީގެ ބަދިގޭގައި ކައްކަން އުޅޭ އާސް ބުނީ ގަރުދިޔަ ކައްކާއިރު އަލަނާސި ތިއްކެއް ވެސް ނުޖަހާ ކަމަށާ ނުވެސް ޖަހާނެ ކަމަށެވެ. އަދި އަލީސިއޯ އިނީޝާ ލޫލާ އަކީ ބޮޑު ވާތް ކޮނޮޅިއެއް ކަމަށާއި މީނާއާއެކު އުޅެނީވެސް މި ކޮނޮޅީގެ މީހުން ކަމަށް ވަރަށް ކެރިހުރެ މީނާ ވަނީ ބުނެފައެވެ. އިތުރަށް ވާހަކަ ދައްކަމުން މީނާ ބުނީ ގޮޅާ އަލަނާސި އުޅެނީ މޮޔަވެގެން ކަމަށާއި މީނާގެ ބަހަށް އާސް ވެސް ތިން ފަހަރަކު ހެއްލި އޭގެ ތެރެއިން ދެ ފަހަރު ސަލާމަތް ވެފައިވާކަމަށެވެ. އާސް ބުނީ ހެލައު އަކީ އެއްވަނައިގެ މީހެއްކަމަށާއި މިހާތަނަށް ކައްކަން އުޅުމުގެ ތެރޭގައި ހެލައުކަހަލަ ބޭފުލަކާ ދިމާނުވާ ކަމަށެވެ. މިކަމަށްޓަކައި ހެލައު މީނާއަށް 3 ރިންގިޓުގެ ރަމްޒީ ޓިޕުހެއްވެސް ވަނީ ދީފައެވެ. މިލާރިއަށް މީނާ ގަންނަނީ ޑީވީޑީ ޕްލޭއަރެއްކަމަށް އާސު ބުނެއެވެ. މި ޚަބަރާެި ގުޅޭ ފޮޓޯ 9 ގެ ޚަބަރަށް ފަހު ގެނެސްދޭނެ ވާހަކަ ދަންނަވަމެވެ.