May 05, 2007

AO back


ކުއަލަ ލަންޕޫރު، 1:53- ޒަމާން ތަކަކަށް އަލަނާސި އޮބްޒާރވަރ (އޭއޯ) މެދު ކެނޑުމަށްފަހު އަނެއްކާވެސް މި އަގުހުރި ބްލޮގް ގެ މަސައްކައް ރަސްމީ ގޮތުން މިފެށިގެންދަނީ ވަރަށް ގިނަ ބައެއްގެ ހިއްމަތްތެރި މަސައްކަތްތަކާ ހިކުމަތު އަމަލު ތަކެއްގެ ސަބަބުންނެވެ. އަދި އޭއޯ އަޅުގަނޑުމެން މިނެރެނީ އަލަނާސިސްތާން ވަރަށް ބޮޑަށް ހަލަބޮލިވެ ނުތަނަވަސް ވެފައިވާ ދަނޑިވަޅެއްގައެވެ.

އަލަނާސިސްތާނު ބައިބައި ވެގެން ހިނގައްޖެއެވެ. ކުރިން އަލަނާސި ފަނި ގިރައިގެން ބުއި އެތައް ބަޔަކު މިހާރު އަލަނާސި ފަންޏެއް ނުބޮއެވެ. ކުއްދިޔައް އަބޫބަކުރުމެން ފަދަ ބޭފުޅުންނަށް މިހާރު އަލަނާސިގެ ރަހަ ރަނގަޅަށް އެނގިއްޖެއެވެ. އަލަނާސިން ކަށިހަރާ ކަމާ އަދި އަލަނާސިން އެހެން ބޭނުންތައްވެސް ކުރެވޭ ކަން އެނގިއްޖެއެވެ.

ޑޮރ. ޕައިތަގަރަސް އަކީ އަލަނާސިސްތާނު އުފެދުނީއްސުރެ ނުބައިކޮށް އަލަނާސިން ފަނިގިރަމުން އައި މީހެކެވެ. މީނާގެ މިނުބައިކަން މިއަދު މިވަނީ އިތުރުވެ މުޅި އަލަނާސިސްތާނުގައިވެސް ނަޖިސްކަމުގެ ވަބާއެއް ފެތުރިފައެވެ. އެގޮތުން މީނާ ވަނީ ދާދި ފަހުން ސްރީލަންކާގައި "އަފުންގެ ޑިމޮކްރެޓިކް ޕާޓީ" (އޭޑީޕީ) ގެ ނަމުގައި އަލަނާސިސްތާނުގެ ގާނޫނާއި ޚިލާފަށް ޕާޓީ އެއްވެސް އުފައްދާފައެވެ. މިކަމުގައި އޭރު އެންމެ އިސްކޮށް އުޅުނު "ސަތޭކަ" މެންފަދަ ބޭފުޅުން މިއަދު ވަނީ އޭޑީޕީ ގެ ލޯގޯ ހަޑިވެގެން އުފެދުނު ހަމަނުޖެހުންގަނޑެއްގެ ތެރެއިން ޕާޓީ އިން ވަކި ވެފައެވެ.

ލަކްސިމިލީނާ ނުވަތަ ފަރަންސޭސި ގޮތަށްނަމަ ލަކްސިމިލީނޯ ނުވަތަ އަލަނާސިސްތާނުގެ ވެރިޔާ ގެ ޚުދުމުޚުތާރު ކަމުގެ ވާހަކަ އަޅުގަނޑުމެން އަބަދުވެސް ދައްކަވަމު ނޫންތޯއެވެ. މީނާ އަކީ އަލަނާސި ފިލައިގެން އޭގެ ދިޔަ ބޯ މީހެކެވެ. މީނާގެ ނުބައިކަމުގެ ވާހަކަ ދެން އަންނަ ބާބެއްގައި އަންނާނެއެވެ.